ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ރާއްޖެ ވަޑައިގެންފިއެވެ.
ދިގުމުއްދަތެއްގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މިދިޔަ ޖޫން މަހު 14 ގައި ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ މިއަދު ހަވީރު، އަނބިކަނބަލުން މަރިޔަމް ނަޝްވާއާ އެކުގައެވެ.
އަދީބަށް ވަނީ ގުލަކޯމާ ކިޔާ ލޮލުގެ ފެނުމަށް އަސަރު ކުރާ ނުރައްކާތެރި ބައްޔެއްޖެހިފައެވެ. އަދީބަށް ގުލަކޯމާ ޖެހިފައިވާ ކަން އެނގިފައިވަނީ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ. އަދީބަށް ޖެހިފައިވާ މިބައްޔަށް މީގެ ކުރިންވަނީ ރާއްޖޭއިންވެސް ފަރުވާ ހޯދާފައެވެ.
ބޭސްފަރުވާ ކުރަން އަދީބަށް ފުރަތަމަ ދިން މުއްދަތު މިދިޔަ މަހުގެ 26 އަށް ހަމަވާނެއެވެ. ނަވަމެސް ޑޮކްޓަރު ލަފާދީފައިވާ ގޮތަށް ކެންސަރ ސްކްރީނިންއެއް ހެދުމަށް އޭނާއަށް ދިން މުއްދަތު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިއަދުގެ ނިޔަލަށް އިތުރުކޮށް ދީފަ އެވެ.
މިދަތުރުގައި އަދީބު ފަރުވާ ހޯއްދަވާފައިވަނީ އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކް ކިޔާ ހޮސްޕިޓަލުންނެވެ.
ފަރުވާއަށް ފަހު އަދީބު ރާއްޖެ ވަޑައިގެން ނެވިކަމުގައި ވިޔަސް 6 މަސް ފަހުން އަލުން ލޯ ޑޮކްޓަރަށް ދެއްކުމަށް އައުމަށް ވަނީ ލަފާދީފައެވެ.
ރާއްޖެ ވަޑައިގަތުމުގެ ކުރިން އަދީބު ވަނީ އަސަރުގަދަ ޓްރީޓްތަކެއްވެސް ކުރައްވާފައެވެ. އެގޮތުން އަދީބު ވިދާޅުވެފައިވަނީ "އަހަރެންނަކީ އުފާވެރި ވަގުތުތައް ތިބާއާއިއެކު ހޭދަކޮށްފައި ދަތިތަކާއި މުސީބާތުގެ ވަގުތުގައި ތިބާދޫކޮށް ފިލާރައްކާވާނެ ދެފުއްދެގޮތް މީހަކަށް ނުވާނެއެވެ. އަހަރެން ބޭނުމީ ދޭށެވެ. އަހަރެން ބޭނުމީ ފިރތުމާށެވެ. ޖަހާކަށްނޫނެވެ. މީހުންކިޔާފާނެ އެއްޗަކަށް ނުބަލަމެވެ. އެއީ ދަގަނޑު ތޭރިތަކުގެ ތެރެއިން ސުލްހައާއި އުންމީދުގެ އަލިކަމެއް އަހަރެންނަށް ފެނުނެވެ. ޤައިދެއްގައި ބަންދުވެ އޭގެ އެންމެ ހިތްދަތި ވަގުތުގައިވެސް އަހަރެން އަހަރެން ތިބާއާއިއެކުގައި ވާނީ އިންސާފު ހޯދުމަށް މަސައްކަތްކޮށްފައެވެ."




