އައިއޯއައިޖީގައި ދިވެހި ދިދަ އުފުލާ އެތްލީޓްއާއި މާދަމާ ދިދަ ހަވާލުކުނީ

މިމަހުގެ 18 އިން 28 އަށް މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާ އެތުލީޓުގެ ނަން އިޢުލާނުކޮށް ދިދަ ހަވާލުކުރުން މާދަމާ އޮންނާނެއެވެ.

ނަން އިޢުލާނު ކުރަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު ރައީސް އޮފީހުގައި އޮންނަ ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ އެތުލީޓަށް ދިދަ ހަވާލުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސްގެ އަތްޕުޅުންނެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފައިވާ ގޮތުގައި މި ރަސްމިއްޔާތަށްފަހު ދިވެހި ކޮންޓިންޖެންޓާއި ރައީސް ސާލިހު ބައްދަލުކުރެއްވުމަށް ވނީ ހަމަޖެހިފައެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖޭއިން 15 މެޑަލް ހޯދުމަށް އެމްއޯސީން އަމާޒުހިފާފައިވާއިރު، ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ސެއިލިންގ އެވެ

މިގޭމްސްގައި ބައިވެރިވުމަށް ދިވެހި ކޮންޓިންޖެންޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނު އެވެ.

2015 ގައި އޮތް 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ދިދަ އުފުލާފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ. އެފަހަރުގެ ގޭމްސްގައި ރާއްޖެއިން އަށް މެޑަލް ހޯދާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ