އެއާޕޯޓް މުވައްޒަފުންނަށް އިތުރު އާ ޕާކިންގ ޒޯނެއް

އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އުޅަނދު ފަހަރު ޕާކު ކުރަން ހުޅުމާލެ ހައިވޭއިން ވަދެވޭ ގޮތަށް އާ ޕާކިން ޒޯނެއް ހަދައިފި އެވެ.

އެމްއޭސީއެލް އިން ވިދާޅުވީ، 4،250 އަކަމީޓަރުގެ ސަރަހައްދެއްގައި ހަދައި ހުޅުވި މި ޕާކިން ޒޯނުގައި 862 ސައިކަލް އާއި އެހެނިހެން 11 އުޅަނދެއް ޕާކު ކުރެވޭނެ ކަމަށެވެ.

މިއީ އެމްއޭސީއެލް އިން އެއާޕޯޓުގައި ހެދި ދެވަނަ ޕާކިން ޒޯން އެވެ. ކުރިން ޕާކިން ޒޯން ހަދާފައިވަނީ ބްރިޖު ހުޅުވުމާ ގުޅިގެންނެވެ.

މި ފަހަރު ހެދި ޕާކިން ޒޯންގެ ސަބަބުން އެއާޕޯޓް ޓަވަރާއި ފަޔާ ސާވިސަސް އަދި ސީޕްލޭން އޭރިއާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްއޭސިއެލްއިން ހާމަކުރެއެވެ.

އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމްއޭސީއެލް އިން މި ޕާކިން ޒޯނެއް ހެދީ، މުވައްޒަފުންގެ އުޅަނދު ފަހަރު ޕާކު ކުރަން ކުރިން ބޭނުންކުރި ޒޯން ބަންދު ކުރުމުންނެވެ. އެ ސަރަހައްދު ބަންދު ކުރަން ޖެހުނީ ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރަން ކޮންނަމުން ގެންދާތީ އެވެ.

އެމްއޭސީއެލް ހެދި މި ޕާކިން ޒޯނުގައި ވެސް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ނަށް ހިލޭ ޕާކުރެވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ