ވަކީލުންގެ ވޯޓާސް ލިސްޓައް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓާސް ލިސްޓައް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް މިރޭ ކުރި ޓުވީޓެއްގައި އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީ އަށް އައްޔަންކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގެ ވޯޓާސް ލިސްޓައް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށެވެ.

ވޯޓާސް ލިސްޓު މިއަދު އާންމުކޮށްފައި ވާއިރު މިލިސްޓައް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2019 ޖުލައި 22 ވާ ހޯމަ ދުވަހެވެ. މިމުއްދަތުގެ ތެރޭން ކޮންމެ ދުވަހެއްގެ ހެނދުނު 00:09 އިން ހަވީރު 00:05 އަށް ހުށަހަޅާ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައި ވާކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ޖޭއެސްސީ ގައި ވަކީލުންގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ މަގާމަށް ވަކީލަކު ހޮވަން ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 27 ވާ ހޮނިހިރު ދުވަހު އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫގައިވާ ގޮތުން ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް މެމްބަރަކު ހޮވުމުގެ އިންތިހާބު ބާއްވަން ޖެހެނީ ބާ ކައުންސިލުންނެވެ. ނަމަވެސް އެ އިންތިހާބު ބާއްވަން ބޭނުންވާ ވަސީލަތްތައް އަދި ލިބިފައި ނުވާތީ ބާކައުންސިލުން މިއިންތިހާބު މިފަހަރު ބާއްވަނީ އީސީގެ އެހީތެރިކަމަ އެކުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ