އެމްޕީއެލް ސަރަޙައްދު - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އެމްޕީއެލް އިން ވައްކަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުން ވައްކަންކޮށްފިއެވެ.

މި ވައްކަން ކޮށްފައިވަނީ އެމްޕީއެލް ހެޑް އޮފީހުގެ ހިއުމަން ރިސޯސް ޑިޕާރޓްމަންޓްގެ ކުޑަދޮރެއް ހަލާކުކޮށްލާ އޮފީސްތެރެއަށް ވަދެގެންނެވެ. އެގޮތުން އެ އޮފީހުގެ ލިޔެކިޔުންތަކެއް ވަނީ ވަގަށް ނަގާފައެވެ. ލިޔެކިޔުންތަކުގެ އިތުރުން އެ އޮފީހުން އެހެން އެއްޗެއް ވަގަށް ނަގާފައިވާކަމެއް ނުވަތަ ނުވާކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، އެމްޕީއެލްގެ ހެޑް އޮފީހަށް ވަދެ ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2019 ޖުކައި 20 ވަނަ ދުވަހުގެ ރޭ 21:45 ހާކަންހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަލަ އެފަރާތުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ