މަހިބަދޫ އާސާރީ މިސްކިތަށް ވައްދާފައިހުރި ސިމެންތި ބަސްތާތައް ނެގުމަށް އަންގައިފި

މަހިބަދޫ އާސާރީ މިސްކިތަށް ވައްދާފައިހުރި ސިމެންތި ބަސްތާތައް ނެގުމަށް އަންގައިފި އެރަށު ކައުންސިލުން އަންގައިފިއެވެ.

މަހިބަދޫ ކައުންސިލުގެ 3 ވަނަ ދައުރުގެ 93 ވަނަ އާއްމު ޖަލްސާގައި ނިންމާފައިވަނީ އެރަށު އާސާރީ ބޮޑުމިސްކިތު އެތެރެއަށް ސިމެންތި ވައްދާފައިވާތީވެ އެތަކެތި 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ އިރުއޮއްސި 18:00 ގެކުރިން ނަގައި ތަންސާފުކޮށް މިކައުންސިލަށް ދެއްކުމަށް އަންގައި އިދާރީ ސިޓީއެއް ފޮނުވުމަށް ނިންމި ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އދ.މަހިބަދޫ އާސާރީ މިސްކިތަށް ވައްދާފައިވާ ތަކެތި ނަގައި، ތަން ސާފުކުރުމަށް، އެތަކެތި ވެއްދި ފަރާތައް މަހިބަދޫ ކައުންސިލުގެ ފަރާތުން އަންގާފައިވާތީ އެކަމަށްޓަކައި މި މިނިސްޓްރީން މަރުހަބާ ކިޔާ ކަމަށާއި އަދި ތަރިކަ ރައްކާތެރިކުރުމަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

އދ. މަހިބަދޫ ގައި ހުންނަ މި މިސްކިތަކީ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ އާސާރީ މިސްކިތެއްކެވެ.

"ބޮޑު މިސްކިތު" ގެ ނަމުން މަޝްހޫރުވެފައިވާ އެ މިސްކިތުގެ ތެރޭގައި ސިމެންތި ބަސްތާތަކެއް ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެގެން ދިޔައީ މީގެ ދެތިން ދުވަސް ކުރިންނެވެ. 

މަހިބަދޫ ބޮޑު މިސްކިތަކީ ހިޖުރައިން 1327 ވަނަ އަހަރުގެ ސަފަރު މަހުގެ 11 ވަނަ ދުވަހު ހުޅުވި މިސްކިތެކެވެ. 109 އަހަރުވެފައިވާ އެ މިސްކިތަކީ ހިރިގަލާއި، ހައިވަކަރު އަދި ލަކުޑި ހިމަނައިގެން ހަދާފައިވާ މިސްކިތެކެވެ.

އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިސްކިތުގެ ހަރިންމައިން ގަބުރު ފެންނަ ކަމުގެ ޝަކުވާ ލިބެން ފެށުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ