މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހީމް އިސްމާއީލް - ފޮޓޯ: މިހާރު

ފަނޑިޔާރުންނަށް ދެނީ ނަސޭހަތް، "ދެން އަތްޖަހާ" - އިބްރާ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމުމުން، މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހީމް އިސްމާއީލް (އިބްރާ) ރުޅިގަދަވެއްޖެއެވެ.

ހޭޝްޓެގް "ސުޕަމެޖޯރިޓީ މައި ފޫޓް" އާއެކު އިބްރާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ފަނޑިޔާރުންނަށް ނަސޭހަތް ދެނީ ކަމަށާއި، "ދެން އަތްޖަހަންވީ ކަމަށެވެ.

"ފަނޑިޔާރުންނަށް ނަސޭހަތްދެނީ. ދެން އަތްޖަހާ" އިބްރާގެ ޓްވީޓްގައި ބުނެފައިވެއެވެ.

އިބްރާ ކުރި އިތުރު ޓްވީޓެއްގައި ބުނެފައިވަނީ، ކުށް ކުރާ މީހުންނަށް އަދަބު ނުދީ ދޫކޮށްލުމަކީ އޯގާތެރިވުން ނޫން ކަމަށާއި، އެއީ ކުށްނުކޮށް، ޤާނޫނަށް ބޯލަނބާ މީހުންގެ ބޮލަށް "ގުއިރުން" ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނަސޭހަތް ދޭން ޖޭއެސްސީ އިން ނިންމި ނިންމުމަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ