ބޮޑު ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެ މާލޭގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ

ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޮޑު ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް ކެނޑޭނެ ކަމަށާއި، ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދިލައްވާ ކަމަށެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގެ ބަޔަކުން ކަރަންޓުގެ ޚިދުމަތް ކެނޑެން މެދުވެރިވީ މާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 8.9 މެގަވޮޓްގެ ކަނަރޭޓަރަކަށް މައްސަލައެއް ދިމާބވެގެން ކަމަށާއި، ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ވެރިރަށް މާލޭގައި ދިރިއުޅޭއިރު، މިފަދަ ހާލަތްތަކުގައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް ހުޅުމާލެއާއި މާލެއާ ކަރަންޓުގެ ވިއުގައިން ގުޅާލުމުން މިފަދަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ