މިނިވަން ދުވަހުގެ ރިހާސަލަށް މިރޭ ގިނަ މަގުތަކެއް ބަނދުކުރަނީ

މިނިވަން ދުވަހުގެ ހަރަކާތްތަކިުގެ ރިހާސަލް ބޭއްވުމަށްޓަކައި ގިނަ މަގުތަކެއް މިރޭ ބަންދުވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައުވަނީ، މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފުރިހަމަ ރިހާސަލެއް ބޭއްވުމަށްޓަކައި މިރޭ 07:00 އިން ފެށިގެން ގަލޮޅު ދަނޑާ ގުޅިފައިވާ މަގުތައް ބަނދުވާނެ ކަމަށެވެ.

މަގުތަކެއް އާއްމު ޓްރެފިކަށް ބަންދުކުރުމުގެ އިތުރުން ގަލޮޅު ދަނޑާ ވަށައިގެންވާ ބައެއް ޕާކިންގ ޒޯންތައްވެސް ހުސްކުރާނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން އެސަރަހައްދުގެ މަގުތައް ބޭނުންކުރައްވާ ފަރާތްތަކުން ޓްރފިކް ފްލޯއަށް ގެނެސްފައިވާ ބަދަލަށް ސަމާލުކަންދެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

ކުލަގަދަ ގޮތެއްގައި މިނިވަން ދުވަހުގެ ހަރަކާތްތައް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ ހެވިކަމުގެ ކުޅިވަރުތަކާއި، ފުޅަނދު ބުރުވެސް މިއަހަރު އޮންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ