އައްޑޫ ތަސައްވަރު ހަޤީޤަތަކަށް ހެދުމަށް ބޭނުންވާ ފައިސާ ވަނީ ސަރުކާރަށް ޖަމާވެފައިވާކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވެފައި ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. އަސްލަމް ވިދާލުވެފައި ވަނީ އިންޑިއަން އެގްޒިމް ބޭންކުން ދިވެހި ސަރުކާރަން ލައިން އޮފް ކުރެޑިޓްގެ ދަށުން ދެއްވަން އެއްބަސްވެ ވަޑައިގެންފައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 180 މިލިއަން ޑޮލަރު އެލޮކޭޓް ކުރާނީ އައްޑޫގެ ތަރައްޤީއަށް ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ސަރަހައްދީ ތަރަށްޤީގެ ޕްލޭންއާއި ބެހޭ ގޮތުން ވާހަކަ ފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 5 އަހަރު ނިމިގެން ދާންވާއިރަށް ސަރަހައްދީ ތަރައްޤިގެ ޕްލޭން ރާއްޖޭގައި އިމްޕްލިމެންޓް ކުރުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އެޅުން ކަމަށެވެ. އަދި މި ޕްލޭން ތަރައްޤީވެގެން ދާއިރު ރާއްޖެ 5 ޕްރައިމަރީ ރީޖަނަށް ބަހާލެވޭނެ ކަމަށާއި އޭގެތެރޭގައި 9 ސަބްރީޖަން އަދި 5 ކްލަސްޓަރ ރީޖަނަށް ހިމެނޭނެކަމަށެވެ.
މާލެ ސަރަހައްދަށް ރައްޔިތުން ތޮއްޖެއްސުމުގެ ވިސްނުން މި ސަރުކާރުން ނިމުމަކަށް ގެންނާނެކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މާލެއިން ލިބޭ ޚިދުމަތްތައް އަތޮޅު ތެރެއިންވެސް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި އަތޮޅުތައް ދޫކޮށް މާލެއަށް ހިޖުރަކުރަން މަޖުބޫރުވާވުން ހުއްޓުމަކަށް ގެނަނެކަމަށެވެ. މިއަމާޒުގައި ސަރަޙައްދީ ތަރައްޤީގެ ޕްލޭނެއް ނޭޝަނަލް ޑެވަލޮޕްމަންޓް ޕްލޭންގެ ވާސިތާއިން އެކަށައެޅޭނެކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ ތަރައްޤީ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ.



