ޔާގޫތު: މަންމައާއި ދަރިފުޅުގެ ކާނާއަށް ޚާއްޞަ އެެޕެއް

މަންމައާއި ކުޑަދަރިފުޅުގެ ކާނާއާ ހަޔާތުގެ ރަން 1000 ދުވަހުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން "ޔާގޫތު" މިއަދު ތައާރަފްކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ އެޕް ނެެރެދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މި އެޕްލިކޭޝަނުގައި ބެލެނިވެރިންނަށް ރާއްޖެއިން ލިބެންހުންނަ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ފައިދާހުރި ކާނާ ތައްޔާރުކުރާނެ ގޮތާއި ފައިދާހުރި ކަނާ ކާންދިނުމުގެ މުހިންމުކަން އަދި ކުއްޖާ ފުރިހަމަ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މަޢުލޫމާތު އެކުލެވިގެން ވާނެ ކަމަށެވެ.

"ޔާގޫތު" އެޕްލިކޭޝަނުން، ފަސް އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން ހެދިބޮޑުވުމުގައި ކުއްޖާ އުމުރާއި އެއްވަރަށް ބަރުދަނާއި އިސްކޮޅުފުރިހަމަ ވެފައިނުވާކުދިން ދެނެގަނެ އެކަމަށް އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ލިބޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޔާގޫތު އެޕްލިކޭޝަނުގެ ސްކްރީންޝޮޓެއް

އެ މިނިސްޓްރީން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަގަޅުވަމުން އައި ކަމުގައި ވީނަމަވެސް ރާއްޖެއަށް އަންނަ ހަލުއި ކުރިއެރުމާއި ތަރައްޤީއާ ބަލާއިރު ނިއުޓްރިޝަން ޙާލަތު އެންމެ އެކަށީގެންވާ ބާރު މިނުގައި ރަގަޅުވަމުން ނުދާ ކަމަށެވެ.

ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކުރަން މުހިއްމު ވަނީ މައިމީހާއާޢި ދަރިފުޅުގެ ނިއުޓްރިޝަން ހާލަތު ދައްވުމަށް ދިމާވާ މައްސަލަތައް ދެނެގަނެ މިކަންކަން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ފުރިހަމަ ނަތިޖާ ނެރެވޭ ކަމަކަށްވާތީ ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ