ބީއެމްއެލްގެ ކޮމިއުނިޓީ ފަނޑުގެ އެހީތެރިކަމާއެކު ނެއްލާދޫގައި ހަދާފައިވާ ޕާކް - ފޮޓޯ: ދޭހަ

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑެކެވެ. މި ފަންޑުން ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޖެކްޓަކަށް އެހީވެ އެވެ.

މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ. މި ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް އެކަންޏެވެ.

މި ފަންޑުގެ ދަށުން މި އަހަރުގެ ދެ ކުއާޓަރެއްގައި 10 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ފުރަތަަމަ ބުރުގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯޒަލްގެ ގޮތުގައި ހިމެނުނީ ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް ހެދުމާއި ޅ. ނައިފަރު އަދި މ. ދިއްގަރުގެ ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ކުރުމަށް ހިޔާވައްސެއް ހެދުމަށް ހުށަހެޅި ޕްރޮޕޯޒަލްގެ އިތުރުން އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުމަށް ހުށަހެޅި ޕްރޮޕޯޒަލް އަދި ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްގީކުރުމަށް ހުށަހެޅި ޕްރޮޕޯޒަލެވެ.

ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯޒަލަކަށް އެހީވުމަށް 50،000ރ. ބީއެމްއެލް އިން ދޭނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ