ވެމްކޯގެ ވެހިކަލްތަކެއް - ފޮޓޯ: ވެމްކޯ

މުވައްޒަފުންނަށް އަނިޔާކުރުން ބަލައެއް ނުގަނެވޭ މައްސަލަ ބަލާނަން - ވެމްކޯ

މުވައްޒަފުންނަށް އަނިޔާކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތައް ބަލަޔެއް ނުގަނެވޭނެ ކަމަށާއި މިފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށައަޅައި ބަލަމުންދާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މިހެން ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ވެމްކޯގެ މުވައްޒަފުންނަށް ދިމާވާ އަނިޔާ އާއި ފުރައްސާރައާއި ގުޅޭގޮތުން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

"މި ކޯޕަރޭޝަންގެ އެންމެ އަގުބޮޑު ރައުސުލްމާލެއް ކަމުގައި އަބަދުވެސް ދެކެނީ، މި ކޯޕަރޭޝަންގެ މުވައްޒަފުންނެވެ. ރައްޔިތުންނަށް ސާފު ވެއްޓެއް ޔަޤީންކޮށްދިނުމުގެ މާތް މަޤްޞަދުގައި މި ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ ތެރެއިން، މަދުން ނަމަވެސް މުވައްޒަފުންނަށް އަނިޔާކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ހިނގަމުންދާކަން ހިތާމައާއި އެކު ފާހަގަކުރަމެވެ." ވެމްކޯގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މިފަދަ ޢަމަލުތަކަކީ ވެމްކޯއިން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއްނޫން ކަމަށާއި މިފަދަ އަމަލުތައް ހިނގާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައި މައްސަލަ ބަލަމުންދާނެ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

ވެމްކޯއިން މަސައްކަތުގެ މާހައުލުގައި ވެމްކޯގެ މުވައްޒަފުންނަށް ދިމާވާ އަނިޔާ އާއި ފުރައްސާރައާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފައި މިވަނީ ވެމްކޯގެ މުވައްޒަފަކަށް މިއަދު މާލޭ މަގުމަތިން މީހަކު ހަމަލާދޭ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ