ލަންކާގައި ހުންނަ ދިވެހި އެމްބަސީ - ފޮޓޯ: ފޭސްބުކް

އަވަށްޓެރި ލަންކާއިން ދިވެހިންނަށް ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާ ދެނީ

ތިން މަސް ދުވަހުގެ އޮން އެރަވައިލް ވިސާ ދޭން ރާއްޖެ އާއި ލަންކާ އިން ނިންމައި، ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއި ކުރަން ތައްޔާރުވެއްޖެއެވެ.

މީޑިއާގައި އަޑުފެތުރިފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 04 ވަނަ ދުވަހު ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިހާރު ރާއްޖެއިން އަދި ލަންކާއިންވެސް އެއް މަސް ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރާއިރު، ވިސާގެ މުއްދަތު އިތުރު ކުރާނަމަ ޖެހެނީ އިމިގްރޭޝަނަށް ހުށަހަޅައިގެން އިތުރު ދެމަސް ދުވަސް އިތުރު ކުރާށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަލަށް ސޮއި ކުރާ އެއްބަސްވުމުގެ ދަށުން އެއާޕޯޓުން 90 ދުވަހުގެ ވިސާ ލިބޭނެއެވެ.

މިފަދަ ބޮޑު ލުޔެއް ދެޤައުމުން ދޭން ނިންމާއިރު، މިދިޔަ އޭޕްރީލް މަހު ލަންކާ އަށް ކުރިމަތިވި ނިރުބުވެރި ހަމަލާތަކަށް ފަހު އެގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައި ވާތީ، ވިސާގައި ލުއިތަކެއް އެކި ގައުމުތަކުގެ މީހުންނަށް ދިނުމަށް ލަންކާ އިން މަސައްކަތް ކުރާކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

އަވަށްޓެރި ލަންކާއަކީ އެންމެ ގިނައިން ދިވެހިން ދިރިއުޅޭ އެއް ޤައުމެވެ. އެޤައުމުގައި 20000 އެއްހާ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ