ލަންކާގެ ބޮޑުވަޒީރު ކުރައްވާ ދަތުރުފުޅާ ގުޅިގެން ބައެއް މަގުތައް ބަންދުކުރަނީ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހަ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން މާލޭގެ ބައެއް މަގުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

މިގޮތުން ގްރީން ޒޯން އަދި ރައްޔިތުންގެ މަޖިލީސް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައްވަނީ ބަންދުކުރުމަށް ނިންމައިފައެވެ. މިސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރުމަށް ނިންމައިފައިވަނީ ސެޕްޓެމްބަރ 3 ވަނަ ދުވަހުގެ 08:00 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ނިމެންދެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މިރޭކުރި ޓުވީޓެއްގައި ބުނެފައިވަނީ، ސްރީލަންކާގެ ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ބައްދަލުކުރެއްވުމުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މަގު ބަންދުކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 3 ވަނަ ދުވަހުގެ 08:00 އިން ފެށިގެން ބައްދަލްކުރެއްވުން ނިމެންދެން ކަމަށެވެ.

ބަންދުކުރެވޭ މަގުތަކާބެހޭ މައުލޫމާތު

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހަ ރާއްޖެއަށް ދަތުރު މިކުރައްވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށެވެ. މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ރަނިލްވިކްރަމް ސިންހަ ތަގުރީރު ކުރައްވާނެއެވެ.

ރަނިލްވިކްރަމް ސިންހަ ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނު ބޮޑު ވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ