ދިވެހިރާއްޖޭގައި ވަކިހިއްޕާލާފައިވާ އަނދިރި ދަޢުލަތް އެއްކޮށް ރޫޅާލާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ފެނިފައިވާ ކަންކަމާއި ގުޅޭގޮތުން ދައުވާކުރުން އަވަސްކުރަންޖެހޭ ކަމަށެވެ.
"ސުޢޫދުގެ މަރުތަކުގެ ތަޙްޤީޤުން ފެނިފައިވާ ކަންކަމާއި ގުޅޭގޮތުން ދައުވާ ކުރިއަށް ގެންދިއުން އަވަސްކޮށްދިނުމަށް އެދެން. ރާއްޖޭގައި ވަކިހިއްޕާލާފައިވާ އަނދިރި ދައުލަތް އެއްކޮށް ރޫޅާލާންޖެހޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ މުއައްސަސާގެ ފުރިހަމަ ދައުރު އަދާކުރަންޖެހޭ ކަމަށެވެ.
Sooud ge maruthakuge thahuqeequn fenifaievaa kankamaai gulheygothun dhauvaa kuriah gendhiun avas kohdhevvumah edhen. Raajjeygai vaki hippalaafavaa an’dhiri dhaulaiy ekkoh roolhaalan jehey. Maldives Police Service e muassasa ge furihama dhauru adhaa kuranjehey.
— Mohamed Nasheed (@MohamedNasheed) September 2, 2019
ނަޝީދު މިހެން ވިދާޅުވިއިރު، މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ސުޢޫދު ވިދާޅުވީ، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲ ވަނީ ކަނޑުމަތީގައި މަރާލާފައި ކަމަށާއި، ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދުވެސް މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސް އަދި އަލްޤައިދާއަށް ވާގިވެރިވާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ “ޖިހާދީ ފިކުރުގެ ޖަމާއަތުން” ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި މިފަހުން ހިންގި ބޮޑެތި ވައްކަމާއި، ފޭރުމުގެ ކަންކަން ހިންގާފައިވަނީ އެޖަމާއަތުން ކަމަށާއި، ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާވެސް މި ޖަމާއަތާ ގުޅުންވާކަމަށް ސުޢޫދު ވަނީ އިއްޔެ ވިދާޅުވެފައެވެ.
މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން އިއްޔެ ވިދާޅުވީ، 2007 އިން ފެށިގެންވެސް އެ ޖަމާއަތް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށާއި، އެ ޖަމާއަތަށް މީހުން ރެކްރޫޓް ކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ މާލޭގައި ހުންނަ ނޫރު މިސްކިތާއި، ފުރުޤާމް މިސްކިތް ކަމަށެވެ.





3 Responses
They e baigandakee
މި ރާއްޖޭގައި އޮތްނަމަ އޮތް އަނދިރި ދައުލަތަކީ އެމްޑީޕީ
ވަގުންނަ ހީވާނެ ތިހެން