ރިޟްވާން މައްސަލައިގެ ރިޕޯޓް ޙިއްސާ ކުރެއްވުމުން މެންބަރު ޢަލީ ޙުސައިން ކަންބޮޑުވުން ފާޅުކޮށްފި

ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ކަމާ ނުބެހޭ ފާރާތެއްގެ އަތްމައްޗަށް ދިޔުމަކީ ވަރަށް ދެރަ ކަމެއް ކަމުގައި، ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައި މި ވަނީ ރިޟްވާން މަރާމި މައްސަލައިގައި މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ތަޙްޤީޤީ ރިޕޯޓް މަޖިލީހުގެ ރަޢީސް އަށް އެރުވުމާއި ގުޅިގެން، އެރިޕޯޓްގެ ކޮޕީއެއް މަޖިލީހުގެ ޕީޖީ ލީޑަރުންނަށް ޙިއްސާކުރެއްވުމާއި ގުޅިގެންނެވެ.

މި ރިޕޯޓަކީ އެ މައްސަލައިގެ ސިއްރު ހެކިންގެ މަޢުލޫމާތުވެސް ހިމެނިފައިވާ ތަފްޞީލީ ރިޕޯޓެކެވެ. އެގޮތުން ސިއްރު ހެކިންގެ ހުރިހާ ވަނަވަރުތަކެއް މި ރިޕޯޓްގައި ހިމެނިފައިވެއެވެ. މި ރިޕޯޓް ޙިއްސާ ކުރެއްވުމާއި ގުޅިގެން ސިއްރު ޙެކިންގެ މަޢުލޫމާތުތައް ވަނީ އެ ފަރާތްތަކަށް ހާމަވެފައެވެ. އަދި މިކަމާއި ގުޅިގެން ކިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޢަލީ ޙުސައިން މިކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ "ރިލުވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައި ވަނިކޮށް، ކަމާއި ނުބެހޭ ފަރާތެއްގެ އަތްމައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަކަމެއް" ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ މި ރިޕޯޓް ޕީޖީ ލީޑަރުންނާ ޙިއްސާ ކުރެއްވީ މަރުކޮމިޝަންގެ ރައީސް ސުޢޫދު ގެ ހުއްދައާއިއެކުކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ