ހަތަރު ރަށެއްގައި ފެނާއި ނަރުދަމާ ގެ ނިޒާމު ޤާއިމުކުރަން މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤައިމުކުރަން ހަވާލުކޮށްފައިވަނީ ރ. ކިނޮޅަހާއި، ބ. ގޮއިދޫގައާއި، ނ. މާޅެންދޫ އާއި އެއަތޮޅު ކުޑަފަރީގައެވެ.
މިމަޝްރޫޢުތަކުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމެވެ.
ބ. ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރަން ހަވާލުކޮށްފައިވަނީ 46،304،686.85 ރުފިޔާއަށެވެ. ރ. ކިނޮޅޮހުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 36،048،032.06 ރުފިޔާއަށެވެ. ނ. ކުޑަފަރީގެ މަޝްރޫގެ އަގަކީ 38،245،917.74 ރުފިޔާއެވެ. އަދި ނ. މާޅެންދޫގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 42،975،350.00 ރުފިޔާއަށެވެ. ކޮންމެ މަޝްރޫޢެއްގެ ވެސް މުއްދަތަކީ 22 މަސް ދުވަހެވެ.
ޑިޒައިނިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުތަކުގެ ދަށުން މި ހަތަރު ރަށުގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.



