ބާ ކައުންސިލްގެ ފުރަތަމަ ފޯރަމް، 09 ސެޕްޓެމްބަރު 2019 ވާ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ބާ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ ކައުންސިލްގެ ފުރަތަމަ ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ 09 ސެޕްޓެމްބަރު 2019 ވާ ހޯމަ ދުވަހު އިސްލާމިކް ޔުނިވަރސިޓީގެ ހޯލްގައި ކަމަށާއި ފޯރަމް ފެށޭނީ ރޭގަނޑު 8:30 ގައި ކަމަށެވެ.
The first #BarCouncilForum will be held on Monday, September 9 2019 at 0830 p.m. in the @IUM_official Hall.
— Bar Council of the Maldives (@MvBarCouncil) September 6, 2019
We invite all members of the #BarCouncil of #Maldives to join the forum.
ބާ ކައުންސިލުން ވަނީ މި ފޯރަމަށް ކައުންސިލުންގެ ހުރިހާ މެންބަރުންނަށް ދައުވަތު އަރުވާފައެވެ.
ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ބާ ކައުންސިލް އުފައްދާ އެ ކައުންސިލްގެ މެންބަރުން ހޮވުމަށް އިންތިހާބު ބާއްވާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. ކައުންސިލަށް އިންތިހާބުވި އާއިޝާ ޝުޖޫން މުހައްމަދު ވަނީ ސުޕްރީމް ކޯޓުގެ ފަޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ކައުންސިލުގެ މެންބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ބާ ކައުންސިލުން ވަނީ މި މަގާމަށް ބެފުޅަކު އައްޔަނު ކުރެއްވުމައްޓަކައި ބައި އިލެކްޝަނެއް މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.
ބާ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީ އެކުލެވިގެންވަނީ ނުވަ މެންބަރެއްގެ މައްޗަށެވެ. އެ ނުވަމެންބަރުންނަކީ ރައީސްއާއި ނާއިބު ރައީސްގެ އިތުރުން 6 މެންބަރުންނާއި ދައުލަތުގެ ބަންޑާރަ ނާއިބެވެ.