މާލޭ މަގުމަތީ ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ދަ އެޑިޝަން

ފާއިތުވި ހަފްތާގައި 340 އުޅަނދުގައި ސްޓިކާ ޖަހައިފި

ފާއިތުވި ހަފްތާތެރޭގައި 340 އުޅަނދުގައި ޕާރކިންގ ސްޓީޖަހާފައި ވާކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން އޮގަސްޓް 31 އިން ސެޕްޓެންބަރު 06 ގެ ނިޔަލަށް ފުލުހުން ވަނީ 479 އުޅަނދެއް ޗެކްކޮށްފައެވެ. އެ ގޮތުން އުޅަނދުތައް ޗެކް ކުރުމުގެ ތެރޭގައި ލައިސަންސް ކާޑްނެތި ދުއްވި 57 އުޅަނދަކާއި، ލައިސަން ނުނަގައި ދުއްވި 92 ފަރާތަކާއި، ބާރަށް ދުއްވި 11 މައްސަލައެއް ފާހަގަ ކުރެވިފައިވެއެވެ.

18 އަހަރު ނުފުރި އެއްގަމު އުޅަނދު ދުއްވި 3 މައްސަލައަކާއި، އިންސްއަރެންސް އަދި ރޯޑްވާދިނަސް ނުދައްކާ 78 މައްސަލައަކާއި، ޓްރެފިކް ޤަވާއިދު ތަކާއި ޚިލާފުވި 17 މައްސަލައަކާއި، އަހަރީ ފީ ނުދައްކާ 40 މައްސަލައެއް ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ.

މީގެ އިތުރުން ފާއިތުވި ހަފްތާ ތެރޭގައި މަގުމަތީގެ 51 އެކްސިޑެންޓްހިނގާފައިވާ އިރު 42 ވެކިލަން ވަނީ ޓޯކޮށްފައެވެ.

ޕާކް ކުރުމުގެ މައްސަލައަކީ މާލޭގައި ބޮޑު މައްސަލައެކެވެ. އީދު ބަންދަށްފަހު ފުރަތަމަ ހަފްތާގައި ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 769 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފައެވެ.

ޕާކް ކުރާނެތަކެއް ނުދައްކައި އުޅަނދުތަކުގައި ސްޓީކާ ނުޖަހާނެކަމަށް ކެމްޕެއިންތެރޭގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާއިރު، އުޅަނދުފަހަރުގައި ސްޓީކާ ޖަހާމައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ އޮގަސްޓްމަހުގައި މަޖިލީހަށް ހާޒިރުކޮށްފައެވެ.

މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރަށް ޖަވާބުދެއްވަމުން ނަހުލާ ވިދާޅުވެފައިވަނީ މާލޭގައި ފުލުހުން ސްޓިކަރ ޖަހަނީ ގިނަ ބަޔަކަށް ދަތިތާގޮތަށް ޕާކްކުރާ އުޅަނދުތަކުގައި ކަމަށެވެ.

ތޮށްޖެހިފައިވާ މާލޭގެ މަގުތަކަށް ފަސޭހަ ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެއްގަމު އުޅަނދު ޕާކް ކުރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކް ކުރާނެ ސަރަހައްދުތަކެއް ޤާއިމުކުރެވިފައިވާ ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ