ގާދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަށް އެމްޓީސީސީއަށް

ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި އެކު މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީއާއި ދެމެދު ސޮއި ކުރެވުނު މި ކޮންޓްރެކްޓްގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 21،149،966.79 ރުފިޔާއެވެ.

އެމްޓީސީސީއަށް ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގައި ފެނާއި ނަރުދަމާ ނިޒާމް ފަރުމާކުރުމާއި، ރަށުގައި ފެނާއި ނަރުދަމާހެ ވިޔުގަ އެޅުމާއި، އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާއިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޝާލިޙްގެ ރިޔާސީވަޢުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ