ދަރިފުޅު ނަމާދުކުރުމަށް ލޯބިޖެއްސުމަށް ދަރިފުޅާއެކު ނަމާދުކުރުން، ކިހާ މޮޅު ގޮތެއްތޯ؟

ދަރިފުޅު ނަމާދު ނުކުރުމުން އެކުދިންނާއި ދިމާލަށް ހަޅޭއްލަވާ ނުވަތަ ދަރިންކައިރީ ނަމާދަށް ދާށޭ ބުނުމަށްފަހު މައިންބަފައިން ނަމާދު ނުކުރާނަމަ އެއީ އަކަމަށް އޮތް ހައްލެއްނޫނެވެ. ދަރިންނަށް ނަމާދުކުރަން ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކަށްވާއިރު، ދަރިން ނަމާދުކުރަަން އާދަކުރަން މައިބަފައިން އެކުދިންނާއެކު ނަމާދުކުރުމަކީ ކިހާ މޮޅުގޮތެއްތޯއެވެ.؟

ދަރިންނާއެކު ކުޅުމުގަޔާއި ސްކޫލުން ދޭ ފިލާވަޅުތައް ހެދުމުގައި ވަގުތުތައް ހޭދަކުރާއިރު، އެކުދިންނާއެކު ކޮންމެ ވަގުތެއްގައިވެސް ނަމާދުކުރުމަކީ، ކުދިންގެ ކިބައިގައި ނަމާދުކުރުމަށް ލޯބިޖައްސުވައި، އެކުދިންނަށް އެކަން ކުރަން ދެވޭ އިތުރު ހިތްވަރަކަށް ވާނެއެވެ. އެހެންކަމުން ދަރިފުޅު އެކަނި ނަމާދަށް ފޮނުވުމުގެ ބަދަލުގައި ދަރިފުޅާއެކު ނަމާދަށްއަރާ ނަމާދުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތަކުގެ ތެރެއިން އެންމެ ފުރަތަމަ ލަނޑުދަނޑިއަކީ ދަރިންގެ ކިބައިގައި އިސްލާމްދީނަށް ލޯބިޖެއްސުމެއެވެ. އޭގެ ތެރެއިން ނަމާދު ކުރަން ކުޑައިރު ދަސްކޮށްދެވޭއިރު، ދަރިފުޅާއެކު ނަމާދުކުރުމުން ދަރިފުޅު ރަނގަޅުމަގުން ތަރުބިއްޔަތު ކުރުމަށް ބޮޑަށް އެހީވެދޭނެއެވެ.

ދަރިފުޅާއެކު ނަމާދުކުރުމުން ދަރިފުޅަށް މައިންބަފައިންގެ ކިބައިން އެ ދެއްކެނީ ނަމޫނާއެވެ. މައިންބަފައިން ދަރިން ލައްވާ ނަމާދުކުރަން ބާރު އަޅާއިރު، އެކުދިން ބޮޑުވެގެން އަންނައިރު، ކޮންމެ ވަގުތަކު ބައްޕަ ނުވަތަ މަންމަ އަބަދުވެސް އެކުއްޖާއާއެކު ނަމާދުކުރާނަމަ، ކުދިން މިކަން ކުރުމަށް އިތުރަށް ޝައުވެރިވެ، ކޮންމެ ވަގުތަކު ނަމާދުކުރަން ބޮޑަށް ސަމާލުކަން ދޭނެއެވެ.

ދަރިން ރަނގަޅު ތަރުބިއްޔަތެއްގެ މަތީ ބޮޑު ކުރުމުގެ ޒިންމާ ނަގަން ޖެހޭއިރު، ޒަމާނަށް އަންނަ ބަދަލުތަކާއެކު، ދަރިންނަށް ރަނގަޅުގޮތް ވިސްނައިދިނުމަށް އަބަދުވެސް އެކިގޮތްގޮތަށް ވިސްނުމަކީ މުހިއްމުކަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ