މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ, މެޓް އޮފީހުން “ޔެލޯ އެލާޓް” ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.
މިއަދު ހެނދުނު 07:00 އިން 11:00 އަށް ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައިވަނީ، ޅ. އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
#AlertYellow issued for torrential rain & thunderstorms. pic.twitter.com/38SQXYHsHb
— Maldives Meteorology (@MetMaldives) September 21, 2019
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ޚާއްސަކޮށް މެދުތެރެއާއި ދެކުނު އަތޮޅުތަކުގައި މަޫސުމަށް ސަމާލުވުމަކީ އެދެވިގެން ވާ ކަމެއް ކަމަށެވެ.



