ޔޫތް މިނިސްޓަރ މަޙްލޫފް - ފޮޓޯ: ވަގުތު

އެއްވެސް ފުޓްބޯޅަ ކްލަބަކަށް ސަރުކާރުން ފައިސާދޭނެކަމުގެ ޔަޤީންކަމެއް ނުދެން: މަޚްލޫފު

އެއްވެސް ފުޓްބޯޅަ ކްލަބަކަށް، އެކްލަބު ހިންގުމަށް ސަރުކާރުން ފައިސާދޭނެކަމުގެ ޔަޤީންކަމެއް ދީފައިނުވާނެކަމަށް މިނިސްޓަރ އޮފް ޔޫތު އަޙްމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަހަރު ފައިސާ ނުދޭ މައްސަލާގައި ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. މިދިޔަ ދެ އަހަރު ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާދީފައިވެއެވެ.

މީގެއިތުރުން މަޚްލޫފު ވިދާޅުވީ، ވަކި ކުލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަކީ ކުޑަކަމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި މިތިން މިލިއަން ރުފިޔާ ބެޑްމިންޓަށްފަދަ ކުޅިވަރަކަށް ދިނީމަ މުޅި ކުޅިވަރަށް އޭގެ ފައިދާ ލިބޭކަމަށެވެ.

އަދި މިއަހަރުވެސް ކޮންމެ ކްލަބަކަށް ދެ ލައްކަ ރުފިޔާ ދީފައިވާއިރު، ކޯޗުންގެ މުސާރަވެސް ދެމުން އަންނަކަން މަޚްލޫފްވަނީ ފާހަގަކޮށްފައެވެ.

"ދެން ބައެއް ކުލަބުތަކުން ކުރިން ނިންމީ (އެފްއޭއެމުގެ ލީޑަރޝިޕް ބަދަލުކުރަން މިނިސްޓްރީން މަސައްކަތްކުރި ދުވަސްވަރު) އެފްއޭއެމާއެކު ކުރިއަށްދާން. އެފްއޭއެމުން ފައިސާ ހޯދަން ކުލަބުތަކުން ނިންމީ. އެ ފައިސާ އެކުލަބުތަކަށް ލިބުނު. އެއްވެސް ކުލަބަކަށް (މިނިސްޓްރީން) ޔަގީންކަމެއްނުދެން ފައިސާދޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެން ބުނިން އެފްއޭއެމުގެ ކަންތައްގަނޑުގައި އުޅުނު ދުވަސްވަރު އެފްއޭމުގެ ކަންތައް ނިމޭގޮތަކުން އެސްއޯއީ އެގްރީމަންޓާމެދު މަޝްވަރާކުރާނެ ވާހަކަ،" މަހްލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ބޭނުންވާ ކަމަށް ވެސް މަހްލޫފްވަނީ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފުޓްބޯޅަ ގަލޮޅު ދަނޑުން ބޭރުވާންޖެހޭކަމަށް މަޚްލޫފު ވިދާޅުވެފައިވާއިރު، ރަށްރަށުގެ ޓީމުތައް މުބާރާތްތައް ކުޅެން ފެށީމަ ފުޓްބޯޅައިގެ ފޯރިގަދަވެ، ފައިސާވެސް ހޯދޭނެކަމަށް މަޚްލޫފްވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ