ރާއްޖެ ދެކެ ވަރަށް ލޯބިވޭ، ވަރަށް އަވަހަށް ރާއްޖެ އައިސް ސަޕޯޓަރުންނާއި ބައްދަލުކުރާނަން - ޖޯނީ ލެވާ

ރާއްޖެ ދެކެ ވަރަށް ލޯބިވޭ، ވަރަށް އަވަހަށް ރާއްޖެ އައިސް ސަޕޯޓަރުންނާއި ބައްދަލުކުރާނަން ކަމަށް އިންޑިއާގެ ފިލްމްތަކުގައި މަޖާ ރޯލްތަކުން ފެނިގެންދާ ޖޯނީ ލެވާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައި ވަނީ ރާއްޖޭގެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކުންނެވެ.

ޖޯނީ ލެވާ ބުނީ އޭނާ ރާއްޖެ ދެކެ ވަރަށް ލޯބިވާ ކަމަށާއި، ރާއްޖޭގެ މީހުން އޭނާ ދެކެ ވަރަށް ލޯބިވާކަން އިނގޭ ކަމަށެވެ. އަދި ރާއްޖެ ދިއުމަށް ދައުވަތު ދިނީތީ މިނިސްޓަރަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ނުރަސްމީ ދަތުރުފުޅުގައި މިހާތަނަށް އިންޑިއާގެ މަޝްހޫރު ތިން ފިލްމީ ތަރިއަކާއި ބައްދަލުކުރައްވާފައިވާއިރު، އެގޮތުން އިއްޔެގެ ވަގުތެއްގައި އަމީތާބް ބަޗަން އާއި މިއަދު ސުނިލް ޝެޓީއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ