މާމެންދޫގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ލ.މާމެންދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މާމެންދޫގައި އަލަށް އިމާރާތް ކުރެވޭ އިންޖީނު ގޭގެ ބިންގާ އަޅައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

5.29 މިލިއަން ރުފިޔާގެ މިމަޝްރޫއު ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ ސެންޓިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.

ފެނަކައިން މައުލޫމާތު ދޭގޮތުގައި މި އަހަރުގެ ތެރޭގައި އިންޖީނުގެ އެޅުމުގެ 30 މަޝްރޫއު ފަށާނެ ކަމަށެވެ. އެގޮތުން މާމެންދޫގެ މަޝްރޫއަކީ މިއަހަރު ތެރޭ ހަދައި 18 ވަނަ އިންޖީނުގެ އެޅުމުގެ މަޝްރޫއު ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

މީގެ ދެދުވަސް ކުރިން އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ނޫނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމަކާ ނުލައި ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާތީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ކުންފުނިވަނީ ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި ނޫސްބަޔާނުގައި ބުނެފައިވާ ފަސް ރަށަކީ ހއ. ތަކަންދޫއާއި، ހދ. ފިނޭއާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫގެ އިތުރުން ބ. ކެންދޫ އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވީ، އީއައިއޭ ހެދުމަށް ނެތި ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ކަމަށާއި އެ ކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ކުރުވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ