ވިއްސާރަ ދުވަހެއްގައި ރަށެއްގެ ބަނދަރުމަތި - ފެށުން ފޮޓޯ: ވިސާމް

ހައްދުންމަތި ހިމެނޭހެން މެދުރާއްޖެތެރެއާއި އުތުރަށް ވައިޓް އެލާޓް ނެރެފި

މޫސުމާއިބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހައްދުންމަތި ހިމެނޭހެން މެދުރާއްޖެތެރެއާއި އުތުރަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

މިއަދު މެންދުރުކުރި 11:35 އިން ހަވީރު 16:35 އަށް މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވި ނަމަވެސް އެހެންހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށާއި، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ." މެޓް އޮފީހުން ވިދާޅުވިއެވެ.  

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ