ބަންގުލަދޭޝް ޔުނިވާސިޓީ އޮފް އިންޖިނޭރިން އެންޑް ޓެކްނޮލަޖީގެ ދަރިވަރަކު އެގައުމުގެ ސަރުކާރަށް ފާޑުކިޔައި ފާޅުކުރި ހިޔާލުތަކަކާއި ގުޅިގެން އަނިޔާކޮށް މަރާލައިފިއެވެ.
އުމުރުން 21 އަހަރުގެ އަބުރާރު ފަހަދު މަރާލައިފައި އޮއްވާ ފެނިފައިވަނީ އިއްޔެއެވެ. ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އަބުރާރު އަށް އަނިޔާކޮށް މަރާލައިފައިވަނީ ފޭސްބުކްގައި އޭނާ ފާޅުކުރި ހިޔާލަކާއި ގުޅިގެންނެވެ.
އަބުރާރު ފޭސްބުކްގައި ބަންގުލަދޭޝް ސަރުކާރަށް ފާޑުކިޔައިފައިވަނީ އިންޑިއާ ސަރުކާރާއި ބަންގުލަޝްއިން މިދިޔަ ހޮނިހިރު ދުވަހު ވެފައިވާ ފެނުގެ އެގްރީމެންޓަކާއި ގުޅޭގޮތުންނެވެ.
އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުގައި އަބުރާރު މަރުވެފައިވަނީ އިންޓާނަލް ބުލީޑިންގެ ސަބަބުންނެވެ. އަދި އޭނާއަށް ހަމަލާދީފައިވާ ކަމަށް ބެލެވެނީ ކުރިކެޓު ބެޓުންނާއި އޮނުފަދަ ތަކެތިންނެވެ.
އަބުރާރު އަށް ހަމަލާދީ މަރާލިކަމުގެ ކުށުގައި އަވާމީ ލީގުގެ ސްޓޫޑެންޓް ޔޫނިއަންގެ ގިނަ ދަރިވަރުންތަކެއްވަނީ ހައްޔަރުކޮށްފައެވެ. އަދި އަބުރާރަށް ހަމަލާދީ މަރާލި މައްސަލައިގައި ގިނަ އަދަދެއްގެ ކިޔަވާކުދިން އަންނަނީ މުޒާހަރާ ކުރަމުންނެވެ.



