ފައިމް އިން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއާއި ބައްދަލުކުރައްވައިފި

ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ- މޯލްޑިވިސް (ފައިމް) އިން މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ފައިމް އިން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި އެ އެސޯސިއޭޝަނުން ޓެލެންޓު ޝޯވ އެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ސިވިލް ސަރވިސް އާއި ގުޅިގެން މި ހަރަކާތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި ފައިމް އިން ކުރިއަށްގެންދާ މިފަދަ އެކި ޕްރޮގްރާމްތަކުގައި ސިވިލް ސަރވަންޓުން ގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ އިޖްތިމާއީ ކްލަބު އާ ގުޅިގެން ހަރަކާތްތަކެއް ހިންގުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ގެ ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރުމަށް ބާރުއެޅުއްވާފައިވެއެވެ. އަދި ކޮމިޝަނުގެ ފަރާތުން ފައިމްގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދެއްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

މިއަދުގެ މި ބައްދަލުވުމުގައި ފައިމް ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފައިމް ގެ ބޯޑް މެމްބަރ މަރްޔަމް ޝުހާނާ އާއި ފައިމް ގެ އެގްޒެކެޓިވް ބޯޑް މެމްބަރ އަހްމަދު ވަހީދު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ