ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ފިތުނައަކީ އިސްލާމިކް މިނިސްޓަރކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖްގެ ޗެއާރމަން އިބްރާޙީމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އެމްޑީއެން އިން އިސްލާމް ދީނަށާއި ކީރިތި ރަޞޫލާއަށް ފުރައްސާރަކޮށް، އިސްލާމް ދީނުގެ ޤަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ޝާއިރުކުރި ރިޕޯޓާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި ގިނަ ދީނީ ޢިލްމުވެރިން ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލާފައި ވަނިކޮށް، އިބްރާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓަރަށް ވުރެ ބޮޑަށް މި ރާއްޖޭގައި ފިތުނައެއް އުފެއްދި މީހަކު މި ފަހަކަށް އައިސް ހުންނާނެތޯ؟ ސުވާލު ކުރައްވާފައެވެ.
މި ޓްވީޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އިބްރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
Islamic Ministerah vure bodah miraajjeygai fithunaeh ufedhdhi meehaku mifahakah ais hunnaanebaa?
— Ibra - Unapologetically for Justice (@ibramandhu) October 12, 2019
E fithunaige natheeejaa aa kurimathilaan jeheynee aharemen rayyithun.
"އެ ފިތުނައިގެ ނަތީޖާއާއި ކުރިމަތިލާން ޖެހޭނީ އަހަރެމެން ރައްޔިތުން" އިބްރާ ބުނެފައިވެއެވެ. އެމްޑީއެން އިން ނެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނު ވުމާއި ގުޅިގެން އެ ޖަމިއްޔާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ. އަދި އެ މައްސަލަ ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެ މައްސަލަ ތަޙްޤީޤު ކުރަމުން ދަނިކޮށް އެ ޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއިލް ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.
ޝަހިންދާވެސް ވަނީ އިސްލާމިކް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިސްލާމިކް މިނިސްޓްރީ އުވާލަންވެސް ގޮވާލައިފައެވެ.
ޝަހިންދާ އަކީ އިބްރާގެ އާއިލާ މެންބަރެކެވެ. މީގެ ކުރިން އިބްރާވެސް އިސްލާމް ދީނާއި ޚިލާފު ވާހަކަ ދެއްކުމާއި ގުޅިގެން އެ މައްސަލަވެސް ވަރަށް ބޮޑަށް ހޫނުވެފައެވެ.




3 Responses
Meena akee shahindha ge beybe. Ehenveema bunaane thaa?
Sahidsays.furaigen.devigen.nuvaane.eenafuruvalan.hudda.din.faraaytahayhayyrkuree
Kan foruvaa abadhuves ehen kameh nagaanee .mee makaruveringe usool. Veeiru ibaraa ethahkaa vaahakaige aslu allah dhenevodigen vaane. Adhi efadha
Nudhahkanee meyrumun vaahakrahyyithun dheke mifadha dhandivalhaku .
Ehen noonas
Ibraayakahves allah ahvure bodeh nuveveyne .dhekenee ilmu verinnah dhimaalah hithu erihaa ehchehkiyas