ބީއެމްއެލްގެ ނަމުގައި މަޢުލޫމާތު ހޯދަން ފޮނުވާ އީމެއިލްއަށް ޖަވާބު ނުދީ!

ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) ގެ ނަމުގައި މަޢުލޫމާތު ހޯދަން ފޮނުވާ އެއްވެސް އީމެއިލްއަކަށް ޖަވާބު ނުދިނުމަށް އެބޭންކުން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ އީމެއިލް ފޮނުވާ ފަރާތްތަކަކީ "ބީއެމްއެލް' ނުވަތަ "ބޭންކް އޮފް މޯލްޑިވްސް" ކަމަށް ދައްކުވައިދިނުމުގެ ގޮތުން އޮޅުވާލައިގެން މަޢުލޫމާތު ކަސްޓަމަރުންގެ މަޢުލޫމާތު ހޯދުމަށް މީހުން މަސައްކަތް ކުރާކަމަށެވެ.

އަދި މިފަދަ އީމެއިލް ތަކުގައި ހުންނަ އާންމުކޮށް ނުފެންނަ ބާވަތެއްގެ އެޓޭޗްމަންޓްތައް ނުހުޅުވުމަށްވެސް ބީއެމްއެލްއިން އިލްތިމާސްކޮށްފައިވާއިރު، ބީއެމްއެލް އިން އިންޓަރނެޓް ބޭންކިންގެ ޔޫސަރނޭމް، ޕާސްވޯޑް އަދި ކާޑު ނަންބަރު ނުހޯދާނެކަމަށްވެސް އެބޭންކުންވަނީ ވިދާޅުވެފައެވެ.

މިފަހަކަށް އައިސް ބޭންކް ނަމުގައި އޮޅުވާލައިގެން މަޢުލޫމާތު ހޯދަން ގުޅާ ފަރާތްތަށް އިތުރުވެފައިވާއިރު، އެތަށް ބައެއްގެ އަތުން މިމީހުން ފޭރިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ