ޝަހިންދާ ފުލުހަށް ހާޒިރު ކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ފައުންޑަރ މެމްބަރު، ޝަހިންދާ އިސްމާއިލް ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ޝަހިންދާ ފުލުހަށް ހާޒިރު ކުރަނީ އެމްޑީއެން އިން ނެރެފައިވާ އިސްލާމް ދީނާ ޚިލާފު ވާތަކަށް ހިމެނިފައިވާ ރިޕޯޓްގެ މައްސަލައިގައެވެ.

ޝަހިންދާ ފުލުހަށް ހާޒިރު ކުރުމުގެ މަސައްކަތް ފުލުހުން ފެށިކަމުގައިވީނަމަވެސް، މިވަގުތު ޝަހިންދާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ފުލުހުން އެ ރިޕޯޓްގެ މައްސަލަ ތަޙްޤީޤު ކުރަމުން ދަނިކޮށް ޝަހިންދާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. އޮކްޓޫބަރު 12 ގައި ފުލުހުން ވަނީ އެކަން ކަށަވަރުވެސް ކޮށްދީފައެވެ.

ބޭރު ނޫހަކަށް އިންޓަވިއު ދެމުން ޝަހިންދާ ބުނެފައިވަނީ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވުމަށް ފުލުހުން އޭނަ އަށް ގުޅާފައިވާކަމަށެވެ. ފުލުހުން އޭނަ އަށް ގުޅީ ޗިޓް ފޮނުވާނެ އެޑްރެހެއް ހޯދުމަށް ކަމަށްވެސް ޝަހިންދާ ބުނެފައިވެއެވެ.

ނަމަވެސް ފުލުހުންގެ ތަޙްޤީޤަށް ރާއްޖެއަށް އައުމާއި ގުޅޭ ގޮތުން ޝަހިންދާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޝަހިންދާ މިވަގުތު ހުރީ ޖަރުމަތުގައެވެ.

އެމްޑިއެން އިން އިސްލާދީނުގެ އަސްލުތަކާއި މާތް ނަބިއްޔާއަށް ބަދުބަސް ބުނެ ނެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނުވެ ގިނަ ބަޔަކު ދަނީ އެ ރިޕޯޓް ލިޔުނު ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަމުންނެވެ. އަދި އެފަދަ ރިޕޯޓެއް ނެރެފައިވާތީ އެ ޖަމިއްޔާ އުވާލުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އެފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެޖަމިއްޔާ މިހާރުވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Shahu

    Mi k**thaa hahyaru kurann maa las ves vehjje
    Dheenah hajoo jahaafa huri n*g**ba*** ge sababunn thuthu dharieh bappa ehge loabinn mahuroom eavee anbidharinn naa aailaa aa dhurah dhaan jehunee muruthahdhu muju aa mi shahindhaa n*g**ba**** hedhii

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ