ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން މިހާރު ސަބް ބޭސް އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ 13 ރަށެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މިއަދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ފީފާ ގަބޫލު ކުރާ ޓާފް އެޅުމަށް އަމީން ކޮންސްޓްރަކަޝަނާ ހަވާލުކުރި ރަށްތަކަކީ، ހއ. ދިއްދޫ، ހދ. ނެއްލައިދޫ، ނ. ހޮޅުދޫ، ނ.ކެނދިކުޅުދޫ، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ފ.ނިލަންދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ޏ.ފުވައްމުލަކުގެ އިތުރުން ސ. ފޭދޫ އެވެ.
އަމީން ކޮންސްޓަރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި 13 ރަށުގައި ޓާފް އެޅުމަށް އެއްބަސްވެފައިވަނީ 55 މިލިއަން ރުފިޔާއަށެވެ. އަދި ހަވާލުކުރާތާ 90 ތެރޭގައި ޓާފް އަޅައި ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވެއެވެ.
Contract signed with AMIN Construction for Turf installation in 13 islands;
— Ministry of Youth,Sports and Community Empowerment (@MoYSCEmv) October 23, 2019
HA. Dhihdhoo
HDH. Nellaidhoo
N. Holhudhoo
N. Kendhikulhudhoo
R. Alifushi
LH. Hinnavaru
ADH. Maamigili
F. Nilandhoo
L. Gan
GA. Villingili
GDH. Thinadhoo
Fuvamulah City
S. Feydhoo pic.twitter.com/8Vk6CSTrF7
އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެ ކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފްއެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމަށް ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވީ، މިހާރު އެ ރަށްރަށުގައި އެޅުމަށް މަސައްކަތް ކުރަމުންދާ ސަބްބޭސް އަޅައި ނިމުނުހާ އަވަހަކަށް ޓާފްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މީގެއިތުރުން 22 ރަށެއްގެ ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ ޕްރޮޖެކްޓަށް ވެސް 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އަހަރުގެ އަމާޒަކީ 37 ދަނޑުގެ މަސައްކަތް ފެށުން ކަމަށާއި އެކަން މި އަހަރު ނިމުމުގެ ކުރިން ހާސިލް ކުރެވޭނެ ކަމަށްވެސް މަޙްލޫފްވަނީ ވިދާޅުވެފައެވެ.




2 Responses
މިނިވަން ޗެމްޕިއަންޝިޕް ހޯދި ރަށްތަކުން ގޮރުހެންޑިއްޔާ މާތާހިރެެއްނު
Mi kihineh balaafa tha