މިއަދަކީ (2019 އޮކްޓޯބަރު 17) ތަރިކައިގެ ގޮތުގައި ގިންތިކުރެވޭ އަޑާއި މަންޒަރުގެ ދުވަހެވެ.
27 އޮކްޓޯބަރ އަކީ ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން 2005 ވަނަ އަހަރު ފާހަގަކުރަން ފެށި ދުވަހެކެވެ.
މި ދުވަހަކީ އަޑާއި މަންޒަރުގެ ގޮތުގައި ކިތާބުކުރެވިފައިވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ އާދަކާދަ، ސަގާފަތް އަދި ބަހުގެ މުއްސަނދިކަން ދެނެގަނެ އެފަދަ ރިކޯޑުކުރެވިފައިވާ އަޑާއި މަންޒަރުތަށް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމުގެ މުހިންމުކަމައި، އެތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، މި ދުވަސް ފާހަގަ ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރިކޯޑުކުރެވިފައިވާ އަޑާއި މަންޒަރު މެދުވެރިކޮށް ބައިނަލްއަގުވާމީ ސަގާފީ މުއްސަނދިކަން ދެނެގަތުން ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މިފަދަ ރިކޯޑުތަކަކީ ރައްކާތެރިކަމާއެކު ބެލެހެއްޓޭ އެއްޗަކަށް ހަދައި، އާންމު އެންމެހާ ފަރާތްތަކަށް ކަމާބެހޭ މުއައްސަސާތަށް މެދުވެރިކޮށް އެތަކެތި އަޑުއަހައި، ބެލޭނެ އިންތިޒާމު ހަމަޖެއްސައިދިނުން ކަމަށެވެ.
މިދުވަސް ފާހަގަކުރުމަށް ޔުނެސްކޯގެ ފަރާތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ 'އަޑާއި މަންޒަރުގެ ތެރެއިން މާޒީއަށް ޝައުޤުވެރި ކުރުވާ' (އެންގޭޖް ދަ ޕާސްޓް ތުރޫ ސައުންޑް އެންޑް އިމޭޖަސް) އެވެ.



