ނިމިދިޔަ ޔާމިނުގެ ސަރުކާރު ދިފާޢުނުކޮށް އެވާހަކަ ދެއްކި ފުރަތަމަ މީހަކީ އޭނާކަމަށް މިނިސްޓަރ އިފް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
"ވަގު ސަރުކާރެއް ދިފާޢުނުކުރަން ފާޅުގައި އެވާހަކަ ދެއްކި ފުރަތަމަ މީހަކީ އަޅުގަނޑު." މިއަދު ކުރެއްވި ޓްވީޓެއްގައި، ޔާމިނުގެ ސަރުކާރު ވަގު ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާ މަޙްލޫފް ވިދާޅުވިއެވެ.
މީގެއިތުރުން މަޙްލޫފް ވިދާޅުވީ، ވަޒީރެއްގެ މައްޗަށް ތުޙުމަތެއް ކުރެވުނީމަ ލަސްނުކޮށް ސުވާލުކޮށް ތަޙުޤީޤުކުރަންޖެހޭކަމަށާއި، ގޯހެއް އުޅޭނަމަ ފިޔަވަޅު އަޅާ ދަޢުވާކޮށް އަދަބުވެސް ދޭންޖެހޭކަމަށެވެ.
Vazeerehge mahchah thuhumatheh kurevuneema lasnukoh suvaalukoh thahugeegu kuranjehey.
— Ahmed Mahloof (@AhmedMahloof) October 27, 2019
Goaheh ulheynama fiyavalhu alhaa dhauvaakoh adhabuves dheynjehey.
Vagu sarukaareh dhifaaunukuran faalhuga evaahaka dhekki furathama meehakee alhugandu.
Rayyithunnah hageegai saafukohdheynjehey.
މަޙްލޫފް މިހެން ވިދާޅުވެފައިވާއިރު، ޔާމިނުގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 44 މެމްބަރަކާއި, ސަރުކާރުގެ 7 ބޭފުޅެއްގެ އިތުރުން 8 ފަނޑިޔާރަކަށްވެސް ލިބުނުކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
އަދި މިޚިޔާނުތުގެ ފައިސާ ނެންގެވިކަމަށް މާލިއްޔަތު ކޮމެޓީގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ނަން ހާމަކުރި މިނިސްޓަރުންގެ ތެރޭގައިވެސް އަޙުމަދު މަޙްލޫފާއި ހިމެނޭއިރު އޭނާގެ އިތުރުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލްއާއި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ހިމެނޭކަމަށް އެކަމަނާވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އާ މަޢުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާކަމަށްވެސް ފުލުހުން ފަހުންވަނީ ވިދާޅުވެފައެވެ.




