ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހިންގަމުން އަންނަ ވިލާ އެއާގެ ފްލީޓަށް އާ ބޯޓެއް ގަނެފި އެވެ.
ފްލައިމީއަށް ގަނެފައިވަނީ އޭޓީއާރު 066-72 މަރުކާގެ އެންމެފަހުގެ މަތިންދާ ބޯޓެކެވެ. މި ބޯޓް އަންނަ ހަފްތާ ތެރޭގައި ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބޯޓާއެކު އެކުންފުނިން ދެމުން އަންނަ ޚިދުމަތްތައް ފުޅާވެގެން ދާނެއެވެ.
ފްލައިމީއިން ޑޮމެސްޓިކް ދަތުރުތައް ފެށިތާ ހަތް އަހަރު ވެފައިވާއިރު، އެ އެއާލައިން ފާހަގަކުރެވެނީ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދޭ އެއާލައިނެއްގެ ގޮތުގައެވެ. ޕްލައިމީގެ ދަތުރުތައް މިހާރުކުރަމުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އިތުރުން ދަރަވަންދޫއަށާއި މާމިނގިލީގައި ހުންނަ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.
ނަމަވެސް ފްލައިމީ އިން އާ ބޯޓު ގެނައުމާއެކު ރ. އިފުރު އެއާޕޯޓާއި، ނ. މާފަރު އެއާޕޯޓަށް ދަތުރުތައް ފެށުމަށްޓަކައި ވަނީ ހުއްދައަށް އެދިފައެވެ.
ފްލައިމީ އަށް ގަނެފައިވާ މިބޯޓްގެ އަގު 20 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.



