ޗައިނާގައި ބޭއްވޭ އިންޓަރނޭޝަނަލް ސެމިނަރއެއްގައި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރިވަނީ

ޗައިނަގައި ބޭއްވޭ "އިންޓަރނޭޝަނަލް ސެމިނަރ އޮން އިކޮނޮމިކް ޑްރައިވަރސް އެންޑް ހިއުމަން ރިސޯސަސް މެނޭޖްމަންޓް" ގައި ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރިވުމަށް ނިންމައިފިއެވެ.

މި ސެމިނަރ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ގިންޑާއޯ ސިޓީ ގައި މި ނޮވެންބަރު 5-4 އަށެވެ. މި ސެމިނަރ ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެ ކޮމިޝަނުގެ މެންބަރު އަލްފާޟިލް އިބްރާހިމް ޝަހީޤު އަދި އެ ކޮމިޝަނުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަބްދުﷲ ސަޢީދު އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސެމިނަރ ގެ މި އަހަރުގެ ތީމް އަކީ "އިންޓަރނޭޝަނަލް ސެމިނަރ އޮން ދަ ޓްރާންސްފޮރމޭޝަން އޮފް އިކޮނޮމިކް ޑްރައިވަރސް އިންް ހިއުމަން ރިސޯސަސް މެނޭޖްމަންޓް" އެވެ. މި އަހަރުގެ މި ސެމިނަރ ގައި ކޮމިޝަނުގެ ފަރާތުން ވެސް ޕޭޕަރެއް ހުށަހެޅުމަށް ހަމަޖެހިފައިވބާކަމުގައި އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިއީ ޗައިނާގެ ސެންޓަރ ފޯރ ހިއުމަން ރިސޯސް ރިސާރޗް އޮފް އީސްޓަން ރީޖަނަލް އޯރގަނައިޒޭޝަން ފޯރ ޕަބްލިކް އެޑްމިނިސްޓްރޭޝަން އިން ކުރިއަށް ގެންދާ ސެމިނަރ އެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ