ވެރިރަށް މާލޭގެ ބޮޑުސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިއްޖެއެވެ.
މާލެއަށް ކަރަންޓްގެ ޚިދުމަތް ދެމުންއަންނަ ސްޓެލްކޯއިން ވިދާޅުވެފައިވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި، ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރުކުރަމުން ދާކަމަށެވެ. ކަރަންޓް ކެނޑިފައިވަނީ މިއަދު 3 ޖެހިފަހުންނެވެ.
ކަރަންޓްގެ މައްސަލަ ހައްލުކޮށް ސްޓެލްކޯއިން މިހާރު ވަނީ ބައެއް ސަރަހައްދު ތަކަށް ކަރަންޓް ދޭން ފަށައިފައެވެ.
https://twitter.com/STELCOMALDIVES/status/1193840344233734146
ކަރަންޓަށް ދިމާވި މައްސަލައާއި ގުޅިގެން ދިރާގުގެ ބައެއް ޚިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ. މި މައްސަލައެއްކޮށް ހައްލުވާނެ ވަކި ވަގުތެއް އަދި ސްޓެލްކޯއިން ބުނެފައެއް ނުވެއެވެ.



