50 ވަނަ ޤައުމީ ޓެނިސް މުބާރާތް ފަށައިފި

50 ވަނަ ޤައުމީ ޓެނިސް މުބާރާތް ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިޔަށްދާ މިމުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 23 ގެ ނިޔަލަށެވެ.

މިއީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ބައިނަލް އަޤުވާމީ ޓެނިސް މުބާރާތެވެ. އަދި މި މުބާރާތުގެ ފައިސާގެ އިނާމުގެގޮތުގައި 25،000 (ފަންސަވީސް ހާސް) އެމެރިކާ ޑޮލަރުވަނީ ހުށަހަޅައިފައެވެ. އަދި މިމުބާރާތް ފަށާފައިވަނީ 145 ކުޅުންތެރިންނާއިއެކުގައެވެ.

މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ބައިވެރިވެވަޑައިގެންފައިވާއިރު، މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޙްލޫފް ވިދާޅުވީ، އަލަށް ހެދުނު ޓެނިސް ކޯޓު ވަރަށް ފުރިހަމަ ކަމަށާއި، މި ފެސިލިޓީޒްގެ ސަބަބުން ޓެނިހަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ޓެނިސް ކޯޓު އެޅުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިދޭނެ ކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

މިމުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޓެނިސް މުބާރާތް ކަމަށް ޓެނިސް އެސޯސިއޭޝަނުން ވިދާޅުވެފައިވާއިރު، މިމުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާއާއި، އިންޑިއާއާއި، ނޭޕާލާއި، ކެމްބޯޑިއާގެ ކުޅުންތެރިންވެސް އެކި ކެޓަގަރީތަކުގައި ވާދަކުރާނެއެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ