ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ ބީޗު ސަރަޙައްދު - ފޮޓޯ: މިހާރި

ދިވެހިންތަކެއް ރަސޫލާކަމަށް ދައުވާކުރާ ވާހަކައިގެ ހަޤީޤަތް ފުލުހުން ހޯދަނީ

ދިވެހިންތަކެއް ރަސޫލާކަމަށް ދައުވާކުރާކަމަށް ބުނެ މީސްމީޑިއާގައި ދެކެވެމުންދިޔަ ވާހަކަތަކުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހުން ވިދާޅުވީ، ގެމަނަފުށީގައި ބަޔަކު ރަސޫލާކަމަށް ދައުވާކުރާ ކަމަށް މީސްމީޑިއާގައި ޕޯސްޓްތަކެއް ދައުރުވަމުންދާތީ، ބައެއް ފަރާތްތަކުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"ގެމަނަފުށީގައި ބަޔަކު ރަސޫލާކަމަށް ދައުވާކުރާ ކަމަށް މީސްމީޑިއާގައި ޕޯސްޓްތަކެއް ދައުރުވަމުންދާތީ، ބައެއް ފަރާތްތަކުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާތީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން." ފުލުހުން ވިދާޅުވިއެވެ.

ގެނަމަފުށީ ކައުންސިލުން ވިދާޅުވީ، އެފަދަ ޕޯސްޓްތަކެއް މީސްމީޑިއާގައި ދައުރުވެފައިވާ ކަމަށާއި، އެ ޕޯސްޓްތަކުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ޕޯސްޓްތަކުގެ މައްސަލަ ފުލުހަށް ހުށަހެޅި ފަހުން އެ ޕޯސްޓްތައް ވަނީ ފޭސްބުކް އިން ޑިލީޓްކޮށްލާފައެވެ.

މި މައްސަލައިގެ ހަޤީޤަތް ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށާފައިވީ ނަމަވެސް، ރަސޫލާކަމަށް ދައުވާކުރީ ކޮންބައެއްކަން ވަނީ ކަށަވަރު ކުރެވޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ