ހދ. ފިނޭ އަދި ހއ. އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
މި ދެރަށުގެ އިންޖީނުގޭގެ ބިންގާ އަޅައިދެއްވީ އެކަމަށްޓަކައި އެ ދެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ.
HDh. Finey gai alah imaaraiy kuraa engine geyge bingaa Managing Director Ahmed Saeed Mohamed adhi HDh. Finey council ge raees Hassan Rasheed miadhu alhuhvaidhevvaifi. #TeamFenaka (1/2) pic.twitter.com/VNunFZGNQq
— Fenaka Corporation Ltd (@TeamFenaka) November 28, 2019
އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ބިންގާ އެޅުނު އިންޖީނުގެ ރައްޔިތުން ދިރިއުޅޭ ހިސާބާއި ކިތެންމެ ދުރުގައި އިމާރާތް ކުރެވިފައި ހުރި ނަމަވެސް އޮފީހަށް އަންނަން ޖެހޭ މާބޮޑު ބޭނުމެއް ނޯންނާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ގޭތެރޭ ތިބެގެން ކަރަންޓް ބިލް ދެއްކުމުގެ ނިޒާމް ހަމަޖެހިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އޭގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ލިބޭ ބިލަކީ، ގޭ ދޮރުމަތީ ހުރެގެން ޕްރިންޓް ކުރެވިގެން ނުކުންނަ ކުޑަކުޑަ ބިލަކަށް ވެގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އުލިގައުމުގައި އަލަށް އިމާތް ކުރާ މި އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރެޝަނުން ހަވާލު ކޮށްފައިވަނީ 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ސަރުކާރުން 2އެލް ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 5.599454.10 ( ފަސްމިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް އެކެއް ސުމެއް) ރުފިޔާއަށެވެ. މި މަސައްކަތް 2އެލް ކޮންސްޓަރަކްޝަން އާއި ހަވާލު ކޮށްފައިވަނީ 170 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.



