ވަގަށް ނަގާފައިވާ ސައިކަލެއް ފުލުހުން ހޯދައިފި

ވަގަށް ނަގާފައިވާ ސައިކަލެއް ފުލުހުން ރޭ ހޯދައިފިއެވެ.

ފުލުހުންނަށް މި ސައިކަލް ފެނިފައިވަނީ ރޭ މާފަންނު ޕޮލިސް އިން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އެވެ.

ފުލުހުން ވިދާލުވެފައިވަނީ ރޭ 2:18 އެހާކަނަހާއިރު ވަގަށް ނަގައިގެން ފުލުހުންނަށް ހުށައަޅާފައިވާ ސައިކަލެއް ބާޒާރުމަގުގައި ޕާކް ކޮށްފައި ހުއްޓާ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ މާފަންނު ޕޮލިސް އިން ހޯދާފައިވާކަމަށެވެ.

މި ސައިކަލް މިހާރު ވަނީ ޓޯވް ކޮށްފައިކަށް ފުލުހުން ވަނީ ވިދާލުވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޚާއްސަކޮށް މާލޭގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.

މާލެ ހިމެނޭ ސަރަހައްދުން ސައިކަލު ވަގަށް ނެގުން އިންތިހާއަށް އިތުރުވެފައިވާއިރު، ސައިކަލްގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސައިކަލް ވަގަށް ނެގުން އިތުރުވަމުންދާތީ ފުލުހުންވަނީ ޚާއްސަ އޮޕަރޭޝަން ތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ