ދެއަހަރު ކުރިން ގެއްލިފައިވާ ސައިކަލެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދައިފިއެވެ.
ޕޮލިހުން ވިދާޅުވެފައިވަނީ، މިސައިކަލް ހޯދިފައިވަނީ މިއަދު 16:40 އެހާކަންހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ މާފަންނު ފުލިހައްކަމުގައެވެ. އަދި މިސައިކަލް ފެނިފައިވަނީ ކޯރުކެނޑިމަގުގައި ޕާރކްކޮއްފައި ހުއްޓައެވެ.
މިސައިކަލަކީ 2017 ވަނަ އަހަރު ގެއްލިގެން ޕޮލިހަށް ހުށަހަޅާފައިވާ ސައިކަލެކެވެ.
Miadhu 16:40 ehaakanhaairu #MaafannuPolice Male'there patrol kuramundhiyairu gelligen hushahalhaafaivaa cycleh Koarukendihigumugai parku koffai hutta hoadhaadaivey.
— Maldives Police (@PoliceMv) December 21, 2019
Mi cycle akee 2017 vana aharu gelligen hushahlhaafaivaa cycleh.
Cycle mihaaruvanee verifaraathaai havaalukoffai. pic.twitter.com/tVBxjLGkRk
މިހާރި މިސައިކަލްވަނީ އޭގެ ވެރިފަރާތާއި ހަވާލުކުރެވިފައިކަމުގައި ޕޮލިހުން ވިދާޅުވެފައިވެއެވެ.



