މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހުދު އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ހުދު އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ލ.އަތޮޅާހަމައަށެވެ.
މިރޭ 18:30 އިން މިރޭ 22:30 އަށް ނެރެފައިވާ ހުދު އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
“ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.




