މީސްމީޑިއާގައި ބާޠިލް ފިކުރުތައް ފަތުރާ މީހުންގެ އަވައިގައި ބައެއް ދިވެހިން ޖެހެމިން ދާކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓްވިޓަރ އާއި ފޭސްބުކްގައި، "ޝައިޚް" ޖަހައިގެން ބޭރުގެ އެކިއެކި ބާޠިލް ފިކުރުތައް ފަތުރާ މީހުންގެ އަވައިގައި ބައެއް ދިވެހިން ޖެހެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
"އަބޫބަކުރުގެފާނާއި އުމަރުގެފާނަށް ލައުނަތްލެއްވުމަށް ގޮވާލާ ބައެއް ޝީއީންގެ ކިބައިންވެސް ބައެއް ދިވެހިން ފަތުވާ ނަގަމުންދޭ." އިންޒާރުގެ ނިޝާނާއެކު ޝައިޚް ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Alhuganduge mivaahaka amaaz kuree Mufti Menk akah noon. Ehen baeh mees meehunah. Mufti Menk akee maashaa Allah v heyo rangalhu beyfulheh. Baeh beyfulhun dhanee mufti Menk multi religion oi thanthanugai, peaceful coexistence aa behey gothun liyuvi tweet eh twist kuramun. V dhera.
— Ali Zaid (@alizaid1000) December 27, 2019
ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ޝައިޚް ޒައިދު ކުރެއްވި ޓްވީޓްގައި ފާހަގަކޮށްފައިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްތޯ ބައެއް ފަރާތްތަކުން ސުވާލު އުފެއްދުމުން، ޒައިދު ވިދާޅުވެފައިވަނީ ފާހަގަކޮށްފައިވަނީ މުފްތީ މެންކްގެ ވާހަކަ ނޫން ކަމަށެވެ.
"އަޅުގަނޑުގެ މިވާހަކަ އަމާޒުކުރީ މުފްތީ މެންކް އަކަށް ނޫން. އެހެން ބައެއް މީސްމީހުނަށް. މުފްތީ މެންކް އަކީ މާޝާﷲ ވަރަށްހެޔޮ ރަނގަޅު ބޭފުޅެއް. ބައެއް ބޭފުޅުން ދަނީ މުފްތީ މެންކް މަލްޓި ރިލިޖަން އޮތް ތަންތަނުގައި، ޕީސްފުލް ކޯއެގްޒިސްޓެންސް އާއި ބެހޭގޮތުން ލިޔުއްވި ޓްވީޓެއް ޓްވިސްޓް ކުރަމުން." ޝައިޚް ޒައިދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޝައިޚް ޒައިދު މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއިރު، އިސްލާމިކް މިނިސްޓްރީން މިފަދަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައި ނެތްކަން ފާހަގަކޮށްލެވެއެވެ.




