ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުގައި ގެދޮރުގެ ކުއްޔަށް ހައްލެއް ހޯދައިދެވޭނެ ގާބިލުކަމެއް ނެތް ކަމަށް ޕީ.ޕީ.އެމް ގެ ވައިސް ޕްރެސިޑެންޓް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދް ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ލިއްބައިދިނީމައި ގޯތި ގެދޮރުގެ ކުއްޔަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށާއި އަދި އެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދަވައިދެއްވަން އެންމެބޮޑު މަސައްކަތްޕުޅެއް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުގައި އެ ވިސްނުމެއް އަދި އެ ގާބިލުކަމެއްވެސް ނެތް" ޝިޔާމް ގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
QA in kashavarukohdhey asaasee haqquthah libbaidhineema goathi gedhoruge kuyyah edhevey halleh libeyne. Emassala ah jumla halleh hoadhavaidhevvan emmebodu masakkaipulheh kurevvee Raees Yameen. RIMS ge sarukaaruga evisnumeh adhi eqaabil kamehves nei. #FreePresidentYameen pic.twitter.com/3VXafFDHmf
— Ahmed Shiyam (@Shiyamaldives) December 28, 2019
ޝިޔާމް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިންކަމް ޓެކްސްގެ ބިލް ތަސްދީގު ކުރެއްވުމާ އެކު މާލޭގެ އިމާރާތްތަކުގެ ކުލި ބޮޑުކުރަމުންދާ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ.
މާލެ ސިޓީގައި ދުވަހެއް ދުވަހަކަށް ކުލި މައްޗަށް ދިއުމަކީ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ، މިއަދާ ހަމައަށް ވެސް ހައްލެއް ހޯދިފައި ނުވާ މައްސަލައެކެވެ. މިހާތަނަށް އައި ހުރިހާ ސަރުކާރަކުން ވެސް، އަދި މިވަނީ ވަކި އިމެއްގައި ކުލި ހިފަހައްޓައި ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައެވެ.



