އޭޖީ އޮފީސް ހުންނަ ވެލާނާ ބިލްޑިންގ - ފޮޓޯ: ރާއްޖެއެމްވީ

ލަކީ އެކްސްޕޯޓްއިން ދިވެހި ސަރުކާރާއި ދެކޮޅަށް އާބިޓްރޭޝަންއަށް މައްސަލަ ހުށަހަޅައިފި

ލަކީ އެކްސްޕޯޓްއިން ދިވެހި ސަރުކާރާއި ދެކޮޅަށް އާބިޓްރޭޝަންއަށް މައްސަލަ ހުށަހަޅައިފިއެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެކަން ހާމަކުރައްވާފައިވާއިރު، އެއޮފީހުން ވިދާޅުވީ، ދިވެހި ސަރުކާރާއި ދެކޮޅަށް އާބިޓްރޭޝަންގައި މައްސަލަ ހުށަހަޅާފައިވަނީ ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށާއި ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށް ލަކީ އެކްސްޕޯޓްސް އާއި ދިވެހި ސަރުކާރާ ދެމެދު 18 ޖޫން 2017ގައި ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބާޠިލުކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެކަމަށެވެ.

ލަކީ އެކްސްޕޯޓްސްއިން އާބިޓްރޭޝަންގައި އެމައްސަލަ ހުށަހަޅާފައިވަނީ 13 މާރޗް 2020 އެވެ.

އަދި ލަކީ އެކްސްޕޯޓްސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކުންފުންޏަށް ލިބިފައިވާކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން އެދިފައިވާއިރު، އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުވާކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ފުރުޞަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަންވެސް މިއަދު ނެރެފައިވާ ބަޔާނުގައި އެޓާރނީ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ދިވެހި ސަރުކާރާއި ދެކޮޅަށް އިންޑިއާގައި ނިއުދިއްލީގެ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ދިވެހި ސަރުކާރުގެ ފަރާތުން ޖަވާބު ހުށަހަޅާފައިވާނެކަމަށްވެސް އެޓާރނީ ޖެނެރަލްގެ އޮފީހުގެ މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނިއުދިއްލީގެ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ދިވެހި ސަރުކާރުން ޖަވާބުދާރީ ވެއްޖެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ