އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިނޫހަށް ވދާޅުވީ، އުތުރުގެ ރަށަކުން 37 އަހަރުގެ ދިވެހި ފިރިހެނެއް 18 އަހަރު ނުފުރޭ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

މިމައްސަލަ ހުށަހެޅިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މިމައްސަލާގައި އަދި މީހަކު ޙައްޔަރުކޮށްފައި ނުވާކަމަށާއި، މައްސަލައިގައި ބަލަންޖެހޭ ކަންތައްތަކެއް މިހާރު ބަލަމުންދާ ކަމަށެވެ.

މީގެ ތިން ދުވަސް ކުރިންވެސް މާލެ ދަތުރުކުރާ ބޯޓެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހަށް ހުށައެޅިފައިވެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހިނގި އެމައްސަލާގައި 44 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުންދަނީ މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ