2019 ވަނަ އަހަރު ދިވެހި މަސްވެރިން ނިންމާލީ އިންތިޒާރާ އުއްމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހި ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
ޝިފާޢު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝިފާޢު އަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރެކެވެ.
ޝިފާއު އިތުރަށް ވިދާޅުވީ މަސްވެރިންނާ އޮޑިވެރިންގެ އާމްދަނީ ދައްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއް ކަމަށެވެ، އަދި މަސްވެރިކަމުގެ ސިނާއަތަށް އަވަސް ހައްލެއްބޭނުންވާ ކަމަށްވެސް ޝިފާއުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
2019 ވަނަ އަހަރު ދިވެހިމަސްވެރިން ނިންމާލީ އިންތިޒާރާ އުއްމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހި. މަސްވެރިންނާ އޮޑިވެރިންގެ އާމްދަނީ ދައްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއް. މަސްވެރިކަމުގެ ސިނާއަތަށް އަވަސް ހައްލެއްބޭނުން. @DhiMasverin @MoFMRAmv pic.twitter.com/U7Xa2XvdJA
— MP Mohamed Shifau (@mhshifau) January 5, 2020
ސިފާއު ނިސްބަތްވާ އިހަވަންދޫ ދާއިރާ އަކީ މަސްވެރިކަން ކުރާ އުޅަނދު ފަހަރާއި މަސްވެރިން ގިނަ ދާއިރާއެވެ. ހާއްޞަކޮށް 3000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އުޅޭ އިހަވަންދޫ އަކީ މަސްވެރިކަން ކުރާ ދޯނި ފަހަރު ގިނަ ގިނަ މަސްވެރިން އުޅޭ ރަށެކެވެ.



