މާފުށީ ޖަލުގައި ގައިދީންތަކެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފި

މާފުށީ ޖަލުގައި ގައިދީންތަކެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މިކަން ހިނގާފައިވަނީ މިއަދު ކޮން ވަގުތަކު ކަމެއް ސާފެއްނުވެއެވެ. ނަމަވެސް މިހާދިސާއާއި ގުޅޭ މަޢުލޫމާތު މީޑިއާގައި ދަނީ ދަޢުރުވަމުންނެވެ.

އެގޮތުން މީޑިއާގައި ދަޢުރުވާ މަޢުލޫމާތަށް ބަލާއިރު މާފުށީ ޖަލަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒު އެސްއޯ ފުލުހުން ގޮވައިގެން ގޮސް ބަނދުގައި ތިބި މީހުންގެ ގަޔަށް ކަރުނަ ގޭސް ޖެހިކަމަށެވެ. އަދި އެ ގައިދީން ގޮޅިތަކުން ނެރެ ކުޑަކަކޫ ޖައްސާފަ ހުރި ކަމަށްވެސް މީޑިއާގައި ދަނީ މަޢުލޫމާތު ދަޢުރުވަމުންވެ.

މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އޮންލައިން ނޫސް ސީއެންއެމް އިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ސީއެންއެމްގައި ބުނެފައިވަނީ މާފުށީޖަލުގައި ތިބި ގައިދީން ތަކެއްގެ ގަޔަށް އެއްވެސް ކަމަކާ ނުލާ ޕެޕާ ސްޕްރޭ ޖަހާފައިވާކަން ޖަލުން އެ ނޫހަށް މަޢުލޫމާތު ދީފައިވާކަމަށެވެ.

މީގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި ޖަލުގެ އޮފިސަރުން އަދި ފުލުހުން ތިބެގެން މީހެއްގެ މޫނު ދޮއްވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

މާފުށި ޖަލުގެ ޔުނިޓް ހަތަރެއްގައި ތިބި ގައިދީންތަކަކާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ބުރާސްފަތި ދުވަހުގެ ރޭވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ